އޮސްޓްރޭލިޔާގައި ލޮކްޑައުންއާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކުގައި، ދެވަނަ ދުވަހު އެކަނިވެސް 74 މީހުން ހައްޔަރުކުރެވިފައި ވާކަމަށް އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕޮލިސް އާ ހަވާލާދީ ސީއެންއެންއިން ބުނެފިއެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މުޒާހަރާ ކުރުމުގެ އިތުރުން ޗީފް އޮފް ހެލްތު އޮފިސަރުގެ އެންގުންތަކާ ހިލާފުވެގެން 176 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާނެ ކަމަށެވެ.

ސީއެންއެންގެ ރިޕޯޓްްތައް ބުނާގޮތުން، އެއްވުމުގެ ގިނަ ބައިވެރިންގެ ފަރާތުން ފުލުހުންނަށް އަމާޒުވީ ރުޅިވެރިކަމާ އަނިޔާވެރިކަމެވެ. އަދި މިއެއްވުމުގެ ބައިވެރިންގެ ތެރެއިން، އެއްވުން ރޭވުމުގައި ތުހުމަތު ކުރެވޭ 44 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރެވި، އޭނާ އަށް ކުރެވޭ ތުހުމަތުތަކާއެކު ގާނޫނާ ގަވާއިދުތަކާ ހިލާފުވިކަމަށް ދައުވާ ކުރުމަށް ވިކްޓޯރިއާ ޕޮލިސް އިން ނިންމާފައި ވާކަމަށްވެސްވެއެވެ. ފުލުހުން ބުނާ ގޮތުގައި، ކޯޓު އަމުރަކާ އެކު އޭނާގެ ގެ ފާސްކޮށް އިތުރު ހެކި ހޯދުމަށްވެސް މަސައްކަތް ކުރެވޭނެއެވެ.

މިއެއްވުމުގެ މަންޒަރު ތަކުން ފެންނަގޮތުން، ފުލުހުން އެއްވެފައި ތިބި މީހުން ހައްޔަރު ކުރަމުންދާވަރަކަށް މިނިވަންކަމަށް ގޮވާލަމުން މުޒާހަރާ ކުރިއައް ގެންގޮސްފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހާ ހަމައަށް އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން 19،835 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާއިރު، މިބަލީގަ މަރުވި މީހުންގެ އަދަދު 723 އަށް އަރާފައި ވެއެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓް ގަ މިފެށޭ ހަފްތާއިން ފެށިގެން ލޮކްޑައުން އަށް ލުއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން