ކުޅުދުއްފުއްޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ފަރަށް އަރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހަތްމީހުންނާއިކު މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރި 140 ފޫޓުގެ "ހެވީ ސްޓާ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ށ.ނަލަންދޫ ފަރަށް އަރައި، ދިޔަވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރި ވަމުންދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފަިއވަނީ ރޭ މެންމަދު 1:15 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އުޅަދުގައި 3 ދިވެއްސަކާއި، 4 ބިދޭސީއަކު ތިބިކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން