ރާއްޖޭގެ ރިމާންޑު ސެންޓަރުތަކުގައި 170 އަށްވުރެ ގިނަ މީހުން މިހާރުވެސް ފަރުވާ ހޯދަމުންދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ ރިމާންޑަށް ގެނެވޭ ގިނަ މީހުން ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ރިމާންޑް ސެންޓަރުތަކުގައި ގާތްގަނޑަކަށް 178 މީހުން ފަރުވާ ހޯދަމުންދާކަމަށް ލުބުނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވި ގޮތުގައި އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި، ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެތެރެއިން އާއިލާތަކުން ރިޕޯޓުކުރާ މީހުން ކަމަށެވެ.
އެންޑިއޭއިން ބުނީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހިންމަފުށި ރިހެބްގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެ ކަމަށް އެންޑީއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި 100 މީހުންނަށް ފަރުވާދެވޭނެ ރިމާންޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެންޑީއޭއިން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު