ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
އޭގެފަހުން، ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ދިރާސާ ކުރުމަށްފަހު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ފަނޑިޔާރު ސަލީމާއި، ފަނޑިޔާރު ޙަމީދު ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ރުހުން ދިނުމަށެވެ.
އެގޮތުން، ފަނޑިޔާރު ހަމީދަށް މަޖިލީހުން ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.
ޤާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
މަޖިލީހުން މިއަދު ރުހުންދިން، ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު ސަލީމް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތީ މީގެ ތިން އަހަރު ކުރިން، އޮގަސްޓު 9، 2022 ގައެވެ. އޭގެކުރިން ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު 12 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފައެވެ. އަދި ފަނޑިޔާރު ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަށްވާފައެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން، އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު