މިސަރުކާރުގެ ފާއިތުމިވީ ދުވަސްތަކުގައި ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތެއް، ގެނެވުނު ތަރައްޤީއެއްނެތި ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނިކުތުމުން އައިއެސް އައިއެސްގެ ޓޭޕް އަޅުވައިގެން ވަކިބަޔަކު ރުއްސަން ނޫޅުމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ މީހުންނާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިއީ ސަރުކާރު ނޭވާ ހޮޅިއަށް އެޅޭ ކޮންމެ ފަހަރަކު އަޅުވާ ޓޭޕްކަމަށެވެ. ނަމަވެސް މިފަހަރު މި ޓޭޕް އެޅުވުމުން މިކަމަށް އިޖާބަ ދޭނެ ބަޔަކު ނެތްކަމަށެވެ.
ޖަމީލް ވަނީ ރައްޔިތުންނަށް ހިދުމަތް ކުރަން މި ސަރުކާރަށް ލިބުނު ފުރުސަތުގައި ކުރެވުނު އެއްވެސް ކަމެއްނެތި ރައްޔިތުންގެ މާލީ ހާލަތު ދަށަށްގޮސް މާލީ ތަނަވަސްކަން ނެތި ހާލުގައި ޖެހުމުން މަގުތަކަށް ނުކުތުމަށް އެކި އެކި އުކުޅުތައް ގެންގުޅެނީ ކަމަށް ތުހުމަތު ކުރަށްވާފައެވެ. ނަމަވެސް ރައްޔިތުންނަށް ވަމުންދާ ގޮތާއި ފެންނަން ހުރި ކަންކަމަށް ބަލާއިރު ސަރުކާރުން ޖަހާ މަޅީގައި ނުޖެހޭނެކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިއަދު އައިއެސް އައިއެސްގެ ޓޭޕް އަޅުވައިގެން އުޅެނީ އަކިބަޔަކު ރުއްސައި އެމީހުންގެ މަދަމާއި ފަންޑު ހޯދުމުގެ ނިޔަތުގައިތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ކޮރަޕްޝަން ހިންގައި ހިދުމަތް ސުމެއްގައި ޖެހި، ޤައުމަށް ފައިދާހުރި ކަމެއް ނުކޮށްދެވި، ރައްޔިތުން ރުޅި އައުމުން އައިއެސް އައިއެސްގެ ޓޭޕް އަޅުވާނެކަމެއް ނެތް. އެމްޑީޕީގެ އިސްވެރިންގެ ތިޔަ ވާހަކައަށް ދިވެހިން ފަރިތަވެއްޖެ. ފޮރުވިފައި އޮތީ ފަންޑު ހޯދުމާއި ވަކި ބަޔަކު ރުއްސުންތޯ؟ ޑރ.ޖަމީލް ވިދާޅު ވިއެވެ.
ޖަމީލު ވިދާޅުވީ އައިއެސް އައިއެސްގެ ޓޭޕް އަޅުވައިގެން މިއަދު ވާހަކަ ދައްކަވާއިރު އެކަމުން ދިވެހި ދައުލަތާއި ރައްޔިތުންނަށް ހުރި ގެއްލުމާމެދު އެއްވެސް ވަރަކަށް ނުވިސްނަވާ ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތް ބޭނުންކޮށްގެން މިފަދަ ވާހަކަތައް ދެއްކުމުން ޤައުމުގެ އިޤްތިޞާދަށް އިތުރު ހީނަރުކަމެއް އައިސްދާނެ ކަމާއިމެދު ނަޝީދުފަދަ ދައުލަތުގެ އިސް މަޤާމެއް ފުރުއްވާފައިވާ ބޭފުޅަކު ނުވިސްނަވާކަމީ ހައިރާންވާކަމެއްކަމަށް ޖަމީލް ވީދާޅުވި އެވެ.
"ތިޔަ ދުވަސްވީ އައިއެސް އައިއެސް ޓޭޕުން އިޤްތިޞާދަށް އަދި ރާއްޖެއަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދާއި، އެމްޑީޕީއަށް ސިޔާސީ ފައިދާ އެއް ނެގި ދާނެ ކަމަށް ހީވާނަމަ އެ ނިމުނީތޯ؟" ޑރ.ޖަމީލް ވިދާޅު ވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުންކަމަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމުގައިވާ އައިއެސް އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށެވެ. ޕީޕީއެމުން ކުރާ އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު