އަންނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީ 6 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކޮށް ރާއްޖެއަށް ދީފައިވާ "ސީސީ" ރޭޓިން ފިޗުން ދަމަހައްޓައިފިއެވެ.
ފިޗް ރޭޓިންސްއަކީ އިގްތިސާދީ ހާލަތު ވަޒަންކުރުމަށްފަހު އެކަމާއިގުޅޭ ހޯދުން އާއްމުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީއެވެ. ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ.
ފިޗުން މިއަދު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން އާންމުކޮށްފައެވެ. އެގޮތުން ފިޗުން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ "ސީސީ" ގައި ދަމަހައްޓާފައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެންނެވެ. ހަމައެއާއެކު ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުން ރޭޓިން ދެމެހެއްޓި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ފިޗުން ބުނެފައިވަނީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެއް ދާއިރާކަމަށްވާއިރު، 10 ޖޫން 2025 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް 9.4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
“މިއީ 2025 ވަނަ އަހަރަށް ފިޗްއިން ލަފާކުރާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން (ޖީ.ޑީ.ޕީ.) ގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެކެވެ. މި އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަން ފެށުމާއެކު، ސަރުކާރުން 2026 ވަނަ އަހަރު ޖީ.ޑީ.ޕީ.ގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށް ލަފާކުރެއެވެ.” ފިޗުން ބުނެފައިވެއެވެ.
ފިޗުން ވަނީ، 05 ޖޫން 2025 އާ ހަމައަށް، ރާއްޖޭގެ އޯވަރޯލް ފިސްކަލް ސަރޕްލަސް 1.1 ބިލިއަން ރުފިޔާގައި ހުރިކަން ފާހަގަކޮށްފައެވެ. އަދި މިއީ އާމްދަނީ ރަނގަޅުވެ، ހަރުދަނާ ބަޖެޓު ކޮންޓްރޯލްތަކެއްގެ ތެރެއިން ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ގެނައުމުގެ ނަތީޖާ ކަމަށްވެސް ފިޗުން ވަނީ ބުނެފައެވެ.
ހަމައެހެންމެ އެއަރޕޯޓް ޓެކުހާއި، ފީތަކާއި، ގްރީން ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މުރާޖަޢާކުރުން ފަދަ އާމްދަނީގެ އައު ސިޔާސަތުތަކުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ހިމެނޭގޮތަށް، ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ފިޗުން ހާމަކޮށްފައިވެއެވެ.
“ބޭރު ފައިސާއާ ގުޅޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވާކަން މި ރޭޓިންގ އެކްޝަނުން ދައްކައިދެއެވެ. މި ފައިސާގެ އިސްލާހުތަކުގެ ސަބަބުން، އޭޕްރީލް 2025 ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. އަދި މެދުރާސްތާގައި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަމަށް ބެލެވެއެވެ.” ފިޗުން ބުނެފައިވެއެވެ.
މީގެ އިތުރުން، މިހާތަނަށް ތަންފީޒުކޮށްފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، އިންވެސްޓްމަންޓް މާޙައުލު ހަރުދަނާވެ، ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަަމަށްވެސް ފިޗުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު