ކޯވިޑް-19ގެ އާލާސްކަންފުޅު މުޅިން ފަސޭހަފުޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން ރައީސް މައުމޫނު ގެކޮޅަށްވަޑައިގެންފިއެވެ.

އުމުރުފުޅުން މިހާރު 82 އަހަރުވެފައިވާ ރައީސް މައުމޫން އާލާސްކަންފުޅުން ފަސޭހަފުޅުވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެކޮޅަށް ވަޑައިންފައިވާ ކަމަށާއި، ހާލުކޮޅު ރަނގަޅު ކަމަށެވެ.

"މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލު ގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމަލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން." ރައީސް މައުމުން ގެއަށް ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓްގައި ވިދާޅު ވިއެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާފައިވަނީ ހުސްވި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން