ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ރައްޔިތުންގެ މަޖިލިހުގެ ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެ އެވެ.
އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުން އަދި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވަނީ ޓުވީޓާގައި އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އާޒިމް ވިދާޅުވީ، ބައްޕަ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިން ކަމަށެވެ.
އިސްމާއިލް ޒަކަރިއްޔާ އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އިސްމާއިލް ޒަކަރިއްޔާ އަވަހާރަވިއިރު، އޭނާގެ އަނތްބަކާއި 15 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ 11 ފިރިހެން ބޭފުޅުންނާއި، ހަތަރު އަންހެން ބޭފުޅުންނެވެ.
އިސްމާއިލް ޒަކަރިއްޔާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފުރަތަމަ ފަރުވާދެމުން ގޮސްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އިސްމާއީލް ޒަކަރިއްޔާ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާތާ، މިއަދަށް ވަނީ 1 މަސް ދުވަސް ވެފައެވެ. އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގައެެވެ. އިސްމާއިލް ޒަކަރިއްޔާއަކީ މީހުންނާއި ވަރަށް ގުޅޭ ހިތްޕުޅު ހެޔޮ ވަރަށް ހިންގުން ތެރިއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އިސްމާއިލް ޒަކަރިއްޔާ މަޖިލިސް މެންބަރުކަން ކުރެއްވީ 1970ގެ އަހަރުތަކުގައެވެ. އިސްމާއީލް ޒަކަރިއްޔާ ނިޔާވުމާއެކު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
— Ibrahim Azim (@IbrahimAzim9) September 14, 2020
R.Atoll ge kureege Majilis member Kan kuri, Alhugaduge loabivaa Bappa, R. kadholhudhoo Ismail Zakariyya, Covid-19 ah positive ve Dharumavantha Hospital gai faruvaadhemun dhanikoh dhaadhi dhemme aku niyaavejje. pic.twitter.com/P2N2VuAdHz
އިސްމާއިލް ޒަކަރިއްޔާ އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އިސްމާއިލް ޒަކަރިއްޔާ އަވަހާރަވިއިރު، އޭނާގެ އަނތްބަކާއި 15 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ 11 ފިރިހެން ބޭފުޅުންނާއި، ހަތަރު އަންހެން ބޭފުޅުންނެވެ.
އިސްމާއިލް ޒަކަރިއްޔާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފުރަތަމަ ފަރުވާދެމުން ގޮސްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އިސްމާއީލް ޒަކަރިއްޔާ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާތާ، މިއަދަށް ވަނީ 1 މަސް ދުވަސް ވެފައެވެ. އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގައެެވެ. އިސްމާއިލް ޒަކަރިއްޔާއަކީ މީހުންނާއި ވަރަށް ގުޅޭ ހިތްޕުޅު ހެޔޮ ވަރަށް ހިންގުން ތެރިއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އިސްމާއިލް ޒަކަރިއްޔާ މަޖިލިސް މެންބަރުކަން ކުރެއްވީ 1970ގެ އަހަރުތަކުގައެވެ. އިސްމާއީލް ޒަކަރިއްޔާ ނިޔާވުމާއެކު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު