ކުރީގެ ރައީސް މަރްހޫމް އިބްރާހީމް ނާސިރަށް ހެދިހެން ރައީސް ޔާމީނަށް ހަދަން ނޫޅުއްވުމަަށާއި، މިއީ އެޒަމާނެއް ނޫންކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު، ފޭދޫ ދާއިރާގެ މެމްބަރު ނިހާދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ މުދާ ވިއްކައިގެން ވިޔަސް ދަޢުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވުމުން އޭނާއަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ޒަމާން ބަދަލުވެ މީހުން ތަރައްޤީވެ ޤައުމުގައި ހުރި ޤާނޫނުތަކާއި ގަވާއިދުތަކަށްވެސް މިހާރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފާއިތުވެދިޔަ ދުރު މާޒީގައި މިގައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންނާއިމެދު އަމަލުކުރެއްވި ފަދަ އިހާނަތި ގޮތަކަށް ރައީސް ޔާމީނާއި މެދު އަމަލު ކުރެއްވުމަށް ނުވިސްނެވުމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ނާސިރުގެ މުދާތައް ދައުލަތަށް ނަގައި އެމަނިކުފާނު ހަވަރަށް ދީ ގަން ހިންގުވައި ދިން އަނިޔާތައް މިއަދު ރައީސް ޔާމިނަށް ދެއްވައި އެކަން ތަކުރާރު ކުރައްވަން ޖާގަ ނުދޭނެކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމިނަށް މިހާރު އިއްވާފައިވާ ހުކުމަށް އިންސާފުވެރި ޝަރީއަތެއް ހޯއްދަވައި ދެއްވާނެކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
"މީ 80 ގެ އަހަރުތަކެއް ނޫން. ރައީސް ނާސިރުގެ މުދާ ދައުލަތަށް ނަގައި ހަވަރަށްދީ އެމަނިކުފާނު ގަން ހިންގައި ރަށުން ބޭލިހެން ރައީސް ޔާމީން އާއިމެދު ތިގޮތަށް އަނިޔާވެރި ނުވެވޭނެ. އަޅުގަނޑުމެން ރައީސް ޔާމީނަށް އިންސާފު ހޯދައިދޭނަން." ޑރ.ޝަހީމް ވިދާޅުވިއެވެ.
"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން މެމްބަރު ނިހާދު ވިދާޅުވީ، "މިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ޤާނޫނީ ޒިންމާ އަދާކުރުމުގައި އަވަސް ވާން ޖެހޭކަމަށާއި، އެހެން ނޫންނަމަ ޤާނޫނު ތަންފީޛު ކުރުން ލަސްވުމުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާ ނަންގަވަން ޖެހޭނެ" ކަމަށެވެ. އަދި މީޑިއާތައް މެދުވެރިކޮށް ޕްރެޝަރ ކޮށްގެން ނަމަވެސް ތަންފީޛީ އިދާރާތަކުގެ ނިންމުންތައް އަވަސް ކުރުވަން ޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަހަތުފަޔަށް ބުރަނުވެ ނިންމުންތައް އަވަސް ކުރުމަށް ގޮވާލައްވާފައެވެ. އަދި އިންސާފު ލިބުން ލަސްވުމުން ބަދުނާމް ވަނީ ސަރުކާރު ކަމަށާއި، އެހެން ނުހައްދަވާ ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުން އަވަސްކުރުމަށް ނިހާދު ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު