ދާއޫދު އަހުމަދު
ދާއޫދު އަހުމަދު
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ދިން ބަޔާނަކީ ދޮގު ބަޔާނެއް ކަމަށް މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނީ ފުލުހުންގެ ތަހުގީގަށް ދާއޫދު ދިން ބަޔާނުގައި މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުނެފައިވާކަމަށެވެ.

އެހެންނަމަވެސް، ހޯމް މިނިސްޓަރ އަލީ އިހުސާނަށް މި މައްސަލައާ ގުޅޭ ގޮތުން އޭނާ ގުޅައި މެސެޖު ކުރިކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މިކަން މިނިސްޓަރ އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުންވެސް އެނގެއެވެ.

ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަހުގީގަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، މި ސަބަބާހުރެ އޭނާ ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިނުމުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން