ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) މިއަދު ބޭއްވި ރަސްމިއްޔާތުގައި
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) މިއަދު ބޭއްވި ރަސްމިއްޔާތުގައި
އިންޑިއާ އާއި ރާއްޖެއާ ދެމެދުއޮތް ގުޅުން ހަޖަމް ނުވެގެން އުޅެނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ހިތްދަތިވާ މީހުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިދިކޮޅު ކޯލިޝަނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް ހިންގި މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލަން ނުތިބޭނެ ކަމަށާއި މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރުކާރުން ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލާލުމުން ވެސް ފެންނަން ހުރިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

"ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ތައްޔާރުވަމުން. ނަގާ ބޮޑުކުރަމުން އަންނަަނީ. އެންމެ ދެކުނުގައި އައްޑޫ އަތޮޅުގެ މަގުތައް އައްޑޫ އަތޮޅުގެ ތަރައްޤީއަށް އަމާޒު ކުރައްވާފައިވާ ޚާއްސަ މަޝްރޫއު، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ގޮތުގައި އޮތް، މާލެއާ ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިންގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށޭނެ." ކުރިއަށް ހުރި ސަރުކަރުގެ ބިޔަ މަޝްރޫޢުތައް ފާހަގަ ކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބޭސް ކުރާ ފަރާތްތަކުން އެ އުފުލަމުން ގެންދާ ހިތްދަތި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ޚާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. މިފަދަ ބޮޑެތި މަޝްރޫއުތަކާ، ކުދިކުދި މަޝްރޫޢުތަކަށް ވެސް އިންޑިއާގެ ސަރުކާރުން ވެދެއްވާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރައްވައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި އެހީތަކެއް ވަމުންދާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ އައުޓްގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އިދިކޮޅި ފަރާތްތަކުން ތުހުމަތުކުރާގޮތުގައި އިންޑިއާ އިން ދިވެހިރާއްޖޭގެ ތަރައްގީ އަށް ވަމުންދާ އެހީތެރިކަމުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކަންތައްތަކެއް ހިމެނެއެވެ. މީގެ އެންމެ ބޮޑު ހުއްޖަތެއްގެ ގޮތުގައި އިދިކޮޅުން ދައްކަނީ ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

1

ހެޔޮއެދޭ މީހާ

17-Sep-2020

އޭނާ އެއްގޮތަކަށްވެސް އަސްލު މައްސަލަޔަށް ވާހަ ނުދައްކައެއް ނޫންތޯ.. ލޯނެއް ނޫނޭ.. މެޑިކަލް އެއް ނޫނޭ.. މަޝްރޫޢެއް ނޫނޭ އިޝޫއަކީ.. އިންޑިޔާގެ މިލިޓަންޓުން މިތަނަށް ޖަމާވާތީ އެއީ އޭ ކަންބޮޑުވުމަކީ.. ނޫސްވެރިޔާ ކީއް ވެ އެސުވާލު ނުކުރީ.. މިލްޓްރީ ސިފައިނާއި އުޅުދުތައް ރާއްޖޭގެ ތިންސަރަހައްދެއްގައި ބާއިތިއްބަނީ ކޮން ތަރައްޤީއަކާއި ގުޅޭ މަޝްރޫޢެއްތޯ ވެސް ސުވާލު ނުކުރެއްވުނު.. މީ އޭނާދިން ސުވާލާއި ޖަޥާބުގެ އިންޓަވިއުއެއްބާ..؟ ވިޔަފާރި އުސޫލުން ދޭލޯނު އިންޕޯޓު އެކްސްޕޯޓު މީނޫން އަސްލު މައްސަލަ އަށް ފަސްއަޅާއި ފޮރުވަނީ މިދައްކަނީ ބާރުގަދަ ބޭރުގައުމެއްގެ ސިފައިން ރާއްޖެއަށް ޖަމާވާތީ އެކަންބޮޑުވުމުގެ ވާހަކަ.. އެކަމާއި މެދުގައި އެއްޗެއް ބުންން ޖެހިލުންވަނީ ކީއްވެގެންތޯ.. ކޮބައިތޯ އިންޑިޔާގެ މަޤްސަދަކީ..؟ ރާއްޖެ ކޮންޓްރޯލުކުުރުން ނޫނީ ހިފުން މިދެކަމަކީވެސް ގައުމިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް. އިންޑިޔާ އައުޓު

-14

މައިތިރި ހަސަން މަނިކު

3

ދޮންރަހާބެ

15-Sep-2020

އަނދާފަ ހުރި ބޮތްކެއް ބަދަލު ކުރެވުނީމަ, ތަރައްޤީތޯ? އައްޑޫގައި މިލްޓްރީ ބޭސް އެޅުމަކީ ތަރައްޤީތޯ? ރާއްޖޭގެ ތިންސަރަހައްދެއްގައި އިންޑިޔާގެ ބޭސް ހެދުމަކީ އެއީތޯ ތިވިދާޅުވާ ތަރައްޤީ އަކީ ? އެހެންވެއްޖެއްޔާ ބޭނުމެއްނޫން އަވަހަ ހުއްޓުވާ.. ޝާހިދު ގެޔަށް ކާޕެޓު ވައްދާހެން ވަގުވަގަށް މިގައުމަށް އިންޑިޔާ ސިފައިން ނާއި ހަތިޔާރު ނާރުވާ.. އެއީ އެއް ނޫން ޓެކްސް ޕޭޔަރުންގެ ފައިސާ އިން މުސާރަ ނަގައިގެން ކުރަންވީ ކަމަކީ.. ރާއްޖެ ދިފާޢުކުރުން.. އޭގެ ބަދަލުގައި ތިއުޅެނީ އިންޑިޔާ އުގައެްވެއްޓި އެމީހުންގެ ދުލުން ވާހަކަ ދައްކަމުން.. އެހެން ވަންޏާ އިސްތިއުފާ ދެއްވަފައި ގެޔަށް ވަޑައިގަންނަވާ... އަހަރުމެން ކޮންވިންސް ކުރަން ނޫޅޭ! އިންޑިޔާ އައުޓު

ޓްރެންޑިން