މި ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ރަނގަޅު ނިޔަތެއްގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ، މި ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރަން ސަބަބެއްގެ ގޮތުގައި ދައްކާ އެއްކަމަކީ ބަޖެޓަށް ބާރުބޮޑުވުން ކުޑަކުރުންކަމަށެވެ. ނަމަވެސް، ކައުންސިލަރުންގެ އަދަދު މަދުކުރަން މިހާރު ސަރުކާރުން ކިޔާގޮތުންނަމަ ބަޖެޓުން ސަލާމަތް ކުރެވެނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަންކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ކޮންމެ ދެ އީދެއްގައި ބޮކި ދިއްލުމަށް ވެސް ސަރުކާރުން އެއަދަދަށް ހަރަދު ކުރާކަމަށެވެ. އެގޮތުން ދެ އީދުގައި ރަށްރަށުގައި އީދު ބޮކި ދިއްލުމަށް 70 މިލިއަނެއްހާ ރުފިޔާ ހަރަދުވާކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގެންނަން ރައްޔިތުން ބޭނުންވީ، ކުރިން ރާއްޖެ އޮތްގޮތް ބަދަލުކުރަން ރައްޔިތުން ބޭނުންވެގެންކަމަށެވެ. އަދި އެމްޑީޕީ ނޫން ކޮންމެ ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމުގެ ނިޒާމަށް ގެއްލުންތައް ދޭކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލާމަރުކަޒީ ނިޒާމު ދަނީ ފަހަތަށްކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް މިހެން ވިދާޅުވިނަމަވެސް، މިފަހުން އީދަށް ބޮކި ދިއްލިއިރު ލޯކަލް ގަވަރނަންސް މިނިސްޓަރު ވަނީ މި އަހަރުގެ ބޮޑުއީދަށް ބޮކި ދިއްލުމަށް އާ ބޮކި ނުގަންނަކަމަށާއި އެކަމަށް ހަރަދު ހިނގާފައި ނުވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު