އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް
އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް
އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން އެމްޓީސީސީއާ ސެޕްޓެމްބަރު 11، 2019 ގައި ހަވާލުކުރި 2.49 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމާލާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫޢުގެ ދަށުން 8103 އަކަ މީޓަރު ސަރަހައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދާފައިވާއިރު މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

އެމްޓީސީސީން މިހާރުވެސް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން