ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބިން އެއްވަރުކުރުމާއި، ޕްރޮފައިލް ކުރުމުގެ އިތުރުން ވެލި އެޅުމުގެ މަސައްކަތެވެ.
މިއީ އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަސައްކަތް އެއްކޮށް ނިމުމުން، ގަމުގެ ރައްޔިތުންނަށް އިންތިހާއަށް ދިމާވެފައިވާ ރަށްގިރުމުގެ ބިރުވެރިކަމަށް ދާއިމީ އަދި އަވަސް ހައްލެއް ލިބިގެންދާނެއެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ރަށްރަށުގެ ތަރައްޤީއާ ގުޅިފައިވާ މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު