ޖެމްކިއު
ޖެމްކިއު
ޕިރަމިޑް ސްކީމް ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ.

އެގޮތުން ޖެމްކިއު ސްކީމްގައި ބައިވެރިވާ ދިވެހިން ހިމެނޭ ޓެލްގްރާމް ގްރޫޕަށް ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ ދަށުން ހިންގަމުން އަންނަ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓްގެ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ވެސް ލާފައެވެ.

އެގޮތުން ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށް ޓެލެގްރާމް ގްރޫޕްގައި ބުނެފައިވެއެވެ. ނަމަވެސް ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ޓެލެގްރާމް ގްރޫޕްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން، ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ.

ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދާފައި މިވަނީ މީގެ ދެތިން ދުވަސް ކުރިން އެއީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނުމުން ޖެމްކިއުގައި އިތުރު މީހުން ބައިވެރި ކުރުވަން އިންވެސްޓްމަންޓަށްވުރެ އެތައް ގުނައެއް އިތުރަށް ފައިސާ ދޭނެކަން އިއުލާން ކުރުމަށްފަހުއެވެ. އަދި ބައެއް މީހުން ވަނީ ލުއި ލޯން ނަގައިގެންނާއި، ދަރަންޏަށް ފައިސާ ހޯދައިގެން ވެސް މި ސްކީމްގައި އިންވެސްޓް ކޮށްފައެވެ.

ދާދިފަހުން ދިވެހި ފުލުހުން ބުނެފައި ވަނީ އިންޓަޕޯލް އިން ހޯދި މައުލޫމާތުން ޖެމްކިއު އަކީ ރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ހިންގާ ސްކީމެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޖެމްކިއުގައި ބައިލައްކައަށްވުރެ ގިނަ ދިވެހިން ވަނީ 100 މިލިއަނަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކޮށްފައެވެ.

ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން