ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވުން. (ފޮޓޯ: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވުން. (ފޮޓޯ: ރައީސް އޮފީސް)
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާން ވަނީ، ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ނާއިބް ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ސިވިލް ސަރވިސްގައި ހުރި ޙައްލު ހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކިބައިން ނާއިބް ރައީސް ވަނީ އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރެއިން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ސިވިލސް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު ނާއިބް ރައީސާއި ޙިއްޞާކުރައްވައި މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ކާސޮރު

17-Sep-2020

ޢެއީ ތިބޭފުޅުން ކައިފަ ސިވިލް މުވައްޒަފު އޭސީސީއަށް ދަމަންތޯ. ބައްލަވާ ހެލްތްމ ވެންޓިލޭޝަން މައްސަލަ ތިޔަ ވިދާޅުވާ ތަންފީޒުކުރީމަ ކުށްވެރިވަނީ ސިވިލް މުވައްޒަފު.


-2

ކާސޮރު

17-Sep-2020

ޢެއީ ތިބޭފުޅުން ކައިފަ ސިވިލް މުވައްޒަފު އޭސީސީއަށް ދަމަންތޯ. ބައްލަވާ ހެލްތްމ ވެންޓިލޭޝަން މައްސަލަ ތިޔަ ވިދާޅުވާ ތަންފީޒުކުރީމަ ކުށްވެރިވަނީ ސިވިލް މުވައްޒަފު.



ޓްރެންޑިން