ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 70 މީހުން ޕޮޒިޓިވްވެ 210 މީހުން ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9243 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 22 ބިދޭސީންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1668 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 65 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލޭ ސިޓީ ސަރަހައްދުންނެވެ. އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވް ވެފައިވަނީ 5 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 131623 ސާމްޕަލް ނަގާފައިވާ ކަމަށެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ބަލަހައްޓަމުން ގެންދަނީ 105 މީހުންނެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 834 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 210 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 7536 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ 32 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 22 ފަތުރުވެރިންނާއި 50 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސަސް ހުރި ރަށްތަކުގެ ޢަދަދަކީ 21 އެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 33 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން