އެންމެ ފަހުން އައްޔަން ކުރެއްވި އެޗްއާރްސީއެމްގެ ތިން މެންބަރުން ހުވާ ކުރައްވަނީ
އެންމެ ފަހުން އައްޔަން ކުރެއްވި އެޗްއާރްސީއެމްގެ ތިން މެންބަރުން ހުވާ ކުރައްވަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރެއްގެ މެންބަރު ކަމުގެ މުއްދަދު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، އަލުން ހުޅުވައިލީ ކުރިން ފުރުސަތު ހުޅުވައިލުމުން އެކަމަށް އެދިވަޑައިގެން ހުށައެޅުއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާތީ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 ސެޕްޓެންބަރު 21، 22 އަދި 23 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަޤާމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަންކުރައްވާފައި ވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ ކުރިން ކޮމިޝަންގައި ތިއްބެވި މެންބަރުންގެ ތެރެއިން މަޖިލީހުން މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައި ވަނިކޮށް މެންބަރު ކަމުން އިސްތިއުފާދެއްވި ތިން މެންބަރުންގެ ބަދަލުގައި އައްޔަން ކުރެއްވި ތިން ބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން