ތިލަމާލެ ބްރިޖް. މިއީ ލޯނު ނަގައިގެން މިވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު
ތިލަމާލެ ބްރިޖް. މިއީ ލޯނު ނަގައިގެން މިވަގުތު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު
ދަޢުލަތުގެ ދަރަނި ދެއްކުމަށް މި އަހަރު ތިން ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 16.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި މި އަހަރު 3.7 ބިލިއަން ރުފިޔާ ދަޢުލަތަށް ވަނީ ލިބިފައެވެ.

އޭގެ ތެރެއިން 3 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ދަޢުލަތުގެ ލޯނުތައް ދެއްކުމަށެވެ. ލޯނު އަނބުރާ ދެއްކުމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދު ކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދށް ހޭދަކޮށްފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 20.3 ބިލިއަން ރުފިޔާގައެވެ.

އެހެންކަމުން ޖުމްލަ އާމްދަނީ އިން ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު އުނިކުރުމުން ބަޖެޓްގެ އޯވަރޯލް ބެލެންސް މި އަހަރުގެ މިހާތަނަށް ހުރީ 1.2 ބިލިއަން ރުފިޔާ ސާޕްލަސްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން