ބަންކަރިން ޚިދުމަތުގެ ދަށުން ތެޔޮ ފޯރުކޮށްދިނުން
ބަންކަރިން ޚިދުމަތުގެ ދަށުން ތެޔޮ ފޯރުކޮށްދިނުން
އުތުރު މެރިޓައިމް ސަރވިސްއިން، ކެންޔާއިން އިންޑިއާއަށް ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ ކޮންޓެއިނަރ އުޅަނދަކަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ.

އެމްޕީއެލުން ބުނީ ވިންޑް 2 ނަމަކަށް ކިޔާ މި އުޅަނދަށް ޕައިލޮޓޭޖްގެ ޚިދުމަތް ދީފައިވަނީ އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި އުޅަނދަކީ ކެންޔާގެ މޮމްބާސާއިން އިންޑިޔާގެ ވިޒިންޖަމްއަށް ދަތުރުކުރަމުންދާ އުޅަނދެކެވެ. އެމްޕީއެލުން ބުނީ މި އުޅަނދު ރާއްޖެއަށް އައީ ބަންކަރިންގ ޚިދުމަތް ހޯދުމަށް ކަމަށެވެ.



އޭގެއިތުރުން އެމްޕީއެލުން ބުނީ މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓްތަކަށް ޚިދުމަތް ދިނުމުގައި ޔޫއެމްއެސްގެ ޤާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށެވެ.

ރާއްޖޭގެ އުތުރުގައި 19 ސެޕްޓެމްބަރު 2024 ގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

އިހަވަންދިއްޕޮޅަކީ ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ ސަރަހައްދެއް ކަމަށާއި، މި ސަރަހައްދުގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން