އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިނަމަވެސް ދަތިކަމެއް ނެތި އެޤައުމުން ރާއްޖެއަށް ފިޔާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޔާ އެކްސްޕޯޓުކުރުން މަނާކުރިކަން އިންޑިއާ ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެ ނިއްމުން އިންޑިޔާ ސަރުކާރުން ނިއްމީ އެޤައުމުގައި އެންމެ ގިނައިން ފިޔާ ހައްދާ ދެކުނުގެ ސަރަހައްދުތަކަށް މީގެ މަހެއްހާ ދުވަސްކުރިން ކުރި ވިއްސާރައިގައި ފިޔަ ދަނޑުތައް ހަލާކުވުމުގެ ސަބަބުން ފިޔާގެ އަގު އުފުލުމާއި ގުޅިގެންނެވެ. މިއާއެކު ހުރިހާ ބާވަތެއްގެ ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ ލިބޭނެކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައުކުރިކަން އެޤައުމުން ހާމަކޮށްފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދާއެކު ބޭއްވެވި ބަައްދަލުވުމުގައެވެ. ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލައާއި ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް އޭރުވަނީ އައު ކޮށްދިނުމަށް އެގައުމުގެ ސަރުކާރުން ނިއްމާފައެވެ. ކޯޓާ އާކޮށްދިން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ކާޑުގެ 3 ބާވަތުގެ އިތުރުން، ފިޔާ، ބިސް އަލުވި އަދި މުގު ހިމެނެއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މީގެކުރިން ވިދާޅުވީ، މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ރާއްޖެއަށް ކޯޓާ ދޫކޮށްފައިވާނެކަމަށާއި، މިކަމުގެ ސަބަބުން ކޯވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ވެސް އިންޑިޔާ އިން ވަނީ ހަމަޖައްސާފައެވެ. އަދި ކޯވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަންދީފައެވެ.

ކިޔުންތެރިންގެ ހިޔާލު