ކޮވިޑް -19 އަދާހަމަ
ކޮވިޑް -19 އަދާހަމަ
ރާއްޖެ އިން ކޮވިޑް -19 އަށް އިތުުރު 85 މީހަކު ޕޮޒިޓިވްވެ 193 މީހުން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 46 ދިވެހިންނާއި 39 ބިދޭސީން ކަމަށެވެ. އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލޭ ސަރަހައްދުން 82 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 3 މީހުންނެވެ.

މިއަދު 193 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7729 އަށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1560 ކޭސް އެއް ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9328 އަރާފައެވެ. ރާއްޖެ އިން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 33 އަށް އަރާފައެވެ.

 



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން