ޓެމޫ، ޝެއިން ފަދަ ސައިޓުތަކުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނެގުމަށް ބީއެމްއެލް އިން ނިންމައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.
އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް ސައިޓްތައް ކަމަށްވާ، ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދީފައިވެއެވެ.
އެހެން ނަމަވެސް އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މީގެތެރޭގައި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ.
ބީއެމްއެލް އިން ބުނީ މިބަދަލުތައް ގެނެސްފައިވަނީ، ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި ކަމަށެވެ. އަދި މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބޭންކުން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު