ބޭންކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ ނަގަނީ އެމްއެމްއޭއަށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވަނީ، ބޭރު ފައިސާ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާ ގޮތަށް ބަދަލު ކުރުމުން ކަމަށެވެ.
ހަމައެއާއެކު، ޑރ. ޝަމްހީދު ވަނީ ގާނޫނެއްގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާ ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ފާހަގަ ކުރަށްވާފައެވެ. އެގޮތުން އެމްއެމްއޭއަށް މާރު ކުރަންޖެހޭ ޑޮލަރުގެ ލިމިޓް މަތިވުމަކީ، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެ އާންމު ވިޔަފާރިތައް ހުއްޓުމަކާ ހިނގައިދާނެ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
“ކުރިން އެމްއެމްއޭއަށް މާރުކުރަން މިޖެހެނީ މާރުކުރާ ޑޮލަރުގެ 60 ޕަސެންޓު. މިހާރު 90 ޕަސެންޓަށް ހެދި ފަހުން މާކެޓުން އެއްކޮށް ޑޮލަރު ހުސްވެއްޖެ.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އެހެންކަމުން ޑރ. ޝަމްހީދު ވަނީ، ބޭރު ފައިސާ ގާނޫނާ ގުޅޭ މައްސަލަތައް ދެނެގަތުމަށް އެމްއެމްއޭގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ޙާޟިރު ކުރުމަށް ހުށައަޅުއްވާފައެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ރިސޯޓެއްގައި ޑައިވް ސެންޓަރެއް ހިންގާ ކުންފުންޏަކުން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، އެރިސޯޓުން ޑޮލަރު މާރުކުރަނީ ޑައިވް ސެންޓަރަށް ލިބޭ އާމްދަނީ ހިމަނައިގެން ކަމަށް ރިސޯޓުން ބުނާ ކަމަށެވެ. އަދި ރިސޯޓުން ޑައިވް ސެންޓަރަށް ދޭން ޖެހޭ އާމްދަނީގެ 25 އިންސައްތަ ދެނީ ދިވެހި ރުފިޔާއިން ކަމަށް އެ ޑައިވް ސެންޓަރުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ޓީޖީއެސްޓީ އާއި ޑޮލަރުން އާމްދަނީ ލިބޭތީ ޑޮލަރުން ދައްކަން ޖެހޭ އެހެނިހެން ޓެކްސްތައް ދައްކާނެ ފައިސާ ނުހުންނަ ކަމުގެ ޝަކުވާ ޑައިވް ސެންޓަރުން ވަނީ މާލިއްޔަތު ކޮމިޓީގައި ކޮށްފައެވެ.
ބޭރުފައިސާއާއި ބެހޭ ގާނޫނުގެ ދަށުން، ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރި ތަކުން ރާއްޖޭގެ ބޭންކުތަކަށް ވަކި މިންވަރަކަށް ޑޮލަރު މާރުކުރުމަކީ މިހާރު މަޖުބޫރު ކަމެކެވެ. އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 އިންސައްތަ ބޭންކްތަކަށް މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު