ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގައި ހުންނަ ކަޕެލާ ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ނިންމުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިތަކުގެ އިސްވެރިންނާއި، ރާއްޖެއާއި ސިންގަޕޫރު ސަރުކާރު މަންދޫބުން ހިމެނޭގޮތުން 200 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
މި ޙަފްލާގައި ވަޒީރު ސަޢީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން 2040 ގެ ދަށުން، ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށާއި، ލޮޖިސްޓިކްސް އާއި، ގްރީން އެނަރޖީ އާއި، ރިއަލް އެސްޓޭޓާއި، ޑިޖިޓަލް އިނޮވޭޝަނާއި، ފަތުރުވެރިކަމާއި، ކްރިއޭޓިވް އިންޑަސްޓްރީޒް ފަދަ ދާއިރާތަކުން ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންގުޅޭ އަމާޒް ހާމަކުރަށްވާފައެވެ.
ހަމައެއާއެކު ވަޒީރު ސަޢީދު ވަނީ، އިންވެސްޓްމަންޓު ފޯރަމުގައި ސޮއިކުރި، އެސްއީޒެޑްގެ އެންމެ ފުރަތަމަ މަޝްރޫއުކަމަށްވާ ސޯލާ ސިޓީ ޕްރޮޖެކްޓާއެކު އެސްއީޒެޑްގެ އިންވެސްޓްމަންޓުގެ އަދަދު 680 މިލިއަން ޑޮލަރުން މައްޗަށް އަރައިފައިވާކަމަށް ވިދާޅުވެފައެވެ.
“މީގެން ދައްކުވައިދެނީ ތާރީޚީ ކުރިއެރުމާއި، އެއް ބިލިއަން ޑޮލަރަށް ވާސިލްވުމުގެ އަމާޒުގެ މަގު.” ވަޒީރު ސައީދު ވިދާޅުވިއެވެ.
އޭގެއިތުރުން 2040ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، 2028ވަނަ އަހަރާ ހަމައަށް، 150 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ޖީޑީޕީ މަތިކުރުމަށާއި، ބޮލަކަށް ޖެހޭ ޖީޑީޕީގެ ނިސްބަތް 17،000 އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް މަސައްކަތް ކުރަށްވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު މި ފޯރަމަކީ ދެ ގައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހޯދުމަށް މަގުފަހިކޮށްދިން މުހިންމު ފޯރަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު