އެކްސިޑެންޓްވި ކާރު
އެކްސިޑެންޓްވި ކާރު
ހައިވޭ މަތީގައި ދުއްވި ކާރެއް އެކްސިޑެންޓްވެ ކާރު ދުއްވި މީހާ ސަލާމަތްވުމުން ހައިވޭމަތީގައި އެމީހާ ނަމާދުކޮށްފިއެވެ.

މިއަދު ހެނދުނު ހައިވޭގައި ދުއްވި ކާރު އެކްސިޑެންޓްވެ، ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިން މީހާ އިނީ މަސްތުގެ ހާލަތުގައި ކަމަށް މީސް މީޑިޔާގައި ދައުރުވަމުންދާ ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް މިކަން ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. އެކްސިޑެންޓްގައި ކާރަށް ގެއްލުންވި ނަމަވެސް ކާރު ދުއްވި މީހާ އަށް ގެއްލުމެއް ނުލިބެއެވެ.



މި އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުން ދިޔުމުން ކާރު ދުއްވި މީހާ ހައިވޭ މަތީގައި ނަމާދުކުރިއެވެ. ބެލެވޭގޮތުގައި ގިބްލަ އަށް ކުރިމަތިލައިގެން ހުރެ އޭނާ ކުރީތައުބާ ނަމާދު ނުވަތަ ޝުކުރުގެ ސަޖިދަ އެވެ. މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން