އައްޑޫގެ ތަރައްގީ އަކީ އެއްވެސް ރައީސެއްގެ ފައިންޕުޅުގެ ދަށުގައި އޮންނަ އެއްޗެއް ނޫން ކަމަށް އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީއިން މިއަދު ބުނެފިއެވެ.

އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީ އިން މިހެން ބުނެފައިވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވި ޓުވީޓެއްގައި ރައީސްގެ ފައިންޕުޅު ދެކެވަޑައިގެންފައިވާ ކަމަށާއި، އައްޑޫގެ ތަރައްގީ އެމަނިކުފާނު ޔަގީން ކޮށްދެއްވި ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން މެމްބަރު އަހުމަދު ވަނީ މި ބައްދަލުވުމުގައި އާސަންދައިގެ ހިދުމަތް އައްޑޫން ލިބި، ހިތަދޫގެ ނަރުދަމާގެ މަސައްކަތް ފެށި، ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫގެ ތަރައްގީގެ ޕްލޭން މަޖިލިސް އިންތިޚާބުގެ ކުރީން ޕްލޭންކޮށް ނިމިފައިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލާއި ކަންކަން ހަވާލު ކޮށްގެން ރައްޔިތުން ބަލަން ނުތިބޭނެ ކަމަށް އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީ އިން ބުނެފައިވެއެވެ.

އައްޑޫގެ ސަންގްރިއްލާ ރިސޯޓްގެ އޮޕަރޭޝަން ފަށައި ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ގޮތަށް 8000 އެނދު ތަރައްގީ ކޮށް ބިންތައް ހަވާލު ކުރުމަށް އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީ އިން ވަނީ ގޮވާލާފަައެވެ.

"ސަރުކާރުން ގެރެންޓީ ދީގެން އެތަން ތަން މާކެޓަށް ނެރެންވެއްޖެ" އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީ އިން ބުންޏެވެ.

ކޯވިޑު-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެެރިކަން އަލުން ފަށައިގަތުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ސަމާލުކަމެއްދޭނެ އެއްް ސަރަހައްދު، އައްޑޫ ސިޓީ އަކީ، އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާ ކުރުގެ ޕްލޭން އަޅުގަނޑު ބަލައިފިން، އެޕްލޭން ހަގީގަތަކަށް ހެދުން، އެކަމަށްޓަކައި، މިހާރުވެސް ފަށައިގަންނަން މި މަސައްކަތް ކުރަނީ، ގެސްޓު ހައުސް ތަކާއި އެކު މިވަގުތު އައްޑޫގައި 700 އެއްހާ ބެޑު އެބަހުރި، އެ އަދަދު އިތުރު ކުރެވިގެންދާނެ." މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ޑރ.މައުސޫމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން