ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ޔަގީންވާން އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވައި ރާއްޖޭގައި އެ ނިޒާމް އޮންނަން ބޭނުންފުޅުވާ ބޭފުޅެކެވެ. ގާނޫނު އަސާސީގައި ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިޔައިރު ރައީސް ނަޝީދު ތާއީދުކުރަށްވައި ގެންނަން މަސައްކަތް ކުރެއްވީ ބަރުލަމާނީ ނިޒާމެވެ.

އެމްޑީޕީއިން ނެރޭ "ހަބަރު ސިޓީ"ގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށް ދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަމަށެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ. މިއަދު އަޅުގަނޑު މި ފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންދާ ރައީސް ނަޝީދުގެ މަސަކަތްތަކާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވެފައިވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށެވެ.

"މި މަގާމަށް އަޅުގަނޑު މިއައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑުގެ ސިކުނޑި އާއި ވަގުތު އެހެން ކަމަކަށް ހޭދަކުރާކަށް އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅު ބަރުލަމާނީ ނިޒާމުގެ ވާހަަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން." ރައީސް ޞާލިހު ވިދާޅުވެފައި ވެއެވެ.

ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމާ މެދު ރައްޔިތުން ކުރިން ގޮތެއް ނިންމާފައިވާ ކަމެވެ. ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަށެވެ. އެކަމަކު އޭރު ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ. ރައީސް ވިދާޅުވީ ނިޒާމް ކަނޑައެޅުމުގައި ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ބޮޑު ތިލަދުންމަތި

17-Sep-2020

ހިޔަޅު ރޭވުން.. ޕާލެމެންޓަށް ކުރިމަތީލީއިރު ބުނިތަ ތިމަން މިއުޅެނީ މިތަން ހިސޯރުކުރާށޭ. އެތަނަށް ވަދެ މަކަރުވެރެ ހީލަތްތެރެކަމާއި އެކު މަޖިލިސް އަތުލީ އެވަރުން ނުފުދިގެން ޖޭސެއީ ހަލާކުކުރީ. މިހާރު ތިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ވިއްކާފައި ވިޔަސް އެކަން ހާސިލްވޭތޯ. ކަލޭ އެއްޗެއް ބުނެފިތަ ދިމާ އިދިކޮޅަށް އެކަން ކުރާކަން ދިވެހީންނަށް އެގޭ މިހާރު. އޮޅުވާލިޔަސް މަކަރު ހެދިޔަސް ތިކަމެއް ނުވާނެ. އިންޝާ ﷲ. އަދިވެސް ކިޔާނީ ޢައްދާރު ނަޝީދޭ.. # އިންޑިއާ އައުޓު



ޓްރެންޑިން