ނިޒާމު ބަދަލު ނުކުރައްވައިފިނަމަ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ދެއްވީ ސިޔާސީ އިންޒާރެއް ކަމުގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ޔަގީންވާން އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ އެކިއެކި ސިޓީތަކާއި، މަޒުމޫންތަކުގައި ލިޔުންވައިގެންވެސް ރައީސް ނަޝީދުގެ އަމާޒަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުންކަމަށެވެ.

މިވަގުތު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރަން އޮތް ގޮތަކީ ރައީސް ޞާލިހުގެ ވެރިކަމުގެ ދައުރާއި ގުޅުވައިގެން ސުވާލު އުފެއްދުންކަމަށް ނަޝީދު ވިސްނަވާކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމާއިމެދު ބަރުލަމާނީ ނިޒާމު އޭގެ ތެރެއަށް ވެއްދުމަކީ ސިޔާސީ ގޮތުން ނުފޫޒާއި ބާރާއި ބިރު ދެއްކުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައި އަލްހާން ވަނީ ސިފަ ކުރައްވާފަ އެވެ.



"އިނގިރޭސިވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ނެރޭ ޚަބަރުސިޓީ (ފޮޅީ)ގައި ދިގު ހާސަރުތަކަކަށްފަހު އަނެއްކާވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެއްބާރުލުން ނުދެއްވާނަމަ ދެވަނަ ދައުރެއް ރައީސް ޞާލިހަށް ލިބިވަޑައި ނުގަންނާނެކަމުގެ ސިޔާސީ އިންޒާރެއް." އަލްހާގެ ޓްވީޓްގައި ވެއެވެ.

އެމްޑީޕީއިން ނެރޭ "ހަބަރު ސިޓީ"ގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަމަށެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ. މިއަދު އަޅުގަނޑު މި ފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށްޓަކާ މަޖިލިސް ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް އިދިކޮޅު މެމްބަރުންނާއި، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙުސެނ.މަނިކު

24-Sep-2020

ޏނަސދބެނުނ ގޮތެތނެހެދެނެ


-5

މުހުސިނު

18-Sep-2020

ނިޝީދު ބޭނުންހާ ކުޅިވަރެށް ނުކުޅެވޭނެ



ޓްރެންޑިން