އެމްޕީއެލް ސަރަޙައްދު
އެމްޕީއެލް ސަރަޙައްދު
ދައުލަތުގެ އާމްދަނީ 8.9 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން 26ގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 18.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވުމެކެވެ.

ދަޢުލަތަށް ލިބިފައިވާ ޢާމްދަނީގެ ތެރޭގައި، ޓެކުހުގެ ޢާމްދަނީގެ ގޮތުގައި ލިބިފައިވާ 14.2 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 52.5 އިންސައްތަ އިތުރުވެފައެވެ.

އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 60 އިންސައްތައިން އިތުރުވެފައެވެ. ހަމައެހެންމެ ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.

އޭގެއިތުރުން މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 46.7 އިންސައްތަ ޖޫން މަހުގެ 26ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާކަމަށް ތަފާސްހިސާބު ރިޕޯޓުގައިވެއެވެ. މި މުއްދަތުގައި ދަޢުލަތުން ހަރަދުކޮށްފައިވަނީ 17.95 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު