ކޯވިޑާއި ގުޅިގެން ގުޅިފަޅުގައި ބިދޭސީންނަށް ހެދި ފެސިލިޓީ
ކޯވިޑާއި ގުޅިގެން ގުޅިފަޅުގައި ބިދޭސީންނަށް ހެދި ފެސިލިޓީ
ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުުން ޚަރަދު ކުރި ފައިސާގެ އަދަދު 2.2 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 10 ސެޕްޓެމްބަރުގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ސަރުކާރުން 1222.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިޤްތިސާދީ ކަންކަމަށް 996.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ކޮވިޑު-19 އާއި ގުޅިގެން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިންނެވެ. މިގޮތުން އެތަނުން ޖުމްލަ 772.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. ހެލްތު މިނިސްޓްރީން 190.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ބޮޑެތި ހަރަދުތައް ކޮށްފައިވާއިރު ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓު ތަކުން އެތައް މިލިއަން ރުފިޔާއިން ބޭކާރު ޚަރަދުތަކެއް ސަރުކާރުން ކޮށްފައިވާ ކަން ވަނީ ހާމަވެފައެވެ. މިގޮތުން ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ އޮޑިޓު ރިޕޯޓު އިއްޔެ ނެރެފައިވާއިރު އެ ރިޕޯޓުގައި ވާގޮތުން ސަރުކާރުން ވަނީ ޤަވާއިދުތަކާ ހިލާފަށް ވަކި ފަރާތްތަކަށް މަންފާވާގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައެވެ. މީގެކުރިން ނެރުނު އޮޑިޓް ރިޕޯޓްތަކުން ކޮވިޑާއި ގުޅިގެން ކުރި ޚަރަދުތައް އުސޫލުން ބޭރުން ކުރިކަން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން