އައްޑޫ ސިޓީ މަރަދޫފޭދޫ، މަރަދޫ، އަދި ފޭދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މަރަދޫފޭދޫ، މަރަދޫ އަދި ފޭދޫ ގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި 12 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައިކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން މަރަދޫފޭދޫ އަދި މަރަދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްވަނީ އެއްކޮށް ނިމިފައިކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

މިހާރު ކުރިއަށްދަނީ ފޭދޫގެ ސީއައުޓްޕޯލްގެ ރެކްޓިފިކޭޝަން މަސައްކަތް ކަމަށާއި، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓަޑާއި ހަވާލު ކުރުމުގެ ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްތައް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

މި ދެ ރަށުގައި 10,289 މީޓަރުގެ ހޮޅި ވަޅުލައި، ސ. މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސިއައުޓްފޯލްއެއް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ވެސް ވަނީ ބާއްވާފައެވެ.

މިނިސްޓްރި އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުއަކީ 253.62، 124,139 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރ 2020 ގެ ނިޔަލަށްކަމަށް އެމްޓީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން