ހަލިމަގު (ހައިވޭ)ގައި އެކްސިޑެންޓްވި މީހާ ނަމާދު ކުރަނީ
ހަލިމަގު (ހައިވޭ)ގައި އެކްސިޑެންޓްވި މީހާ ނަމާދު ކުރަނީ
މިއަދު ފަތިހު ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގައި ހިނގި އެކްސިޑެންޓަށްފަހު ނަމާދު ކުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ނޫން ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިއަދު ހަލިމަގުގައި ހިނގި އެކްސިޑެންޓަކަށްފަހު މޫދުން ވުޟޫކޮށް ނަމާދު ކުރަން ހުރި މީހެއްގެ ވީޑިއޯ އާންމުކޮށް ޓްވިޓާގައި އެމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދެކެވެމުންދާ ވާހަކަ ތަކާއި ގުޅިގެންނެވެ. ފުލުހުން ބުނީ އާނާ އެވަގުތު ނަމާދު ކުރީ ފަތިސް ނަމާދު ވަގުތު ފާއިތުވާތީ ކަމަށް ބެލެވޭކަމަށާއި، ފުލުހުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

ފުލުހުން ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި ހަލިމަގުން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ ރިޕޯޓު ފަތިހު 5:00 ހާއިރު ވަނީ ލިބިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށާއި ނަމަވެސް ކާރަަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި ހޮޅިދަނޑިވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ކާރު ދުއްވަން އިނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޟީދު

19-Sep-2020

މިވެސް ކޮންމެވެސް ރޯޔަލް މީހަކަށް ވާނީ.



ޓްރެންޑިން