ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން
ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން
ކޮވިޑު-19 އާ ގުޅިގެން ސަރުކާރުން އިހުމާލުވެ، ފައިސާ ރަނގަޅަށް މެނޭޖުނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތި ޙާލަތެއް މެދުވެރިވެފައިވާ ކަމަށް ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތްކުރެވޭ މިންވަރު މަދުކުރުމާއި ގުޅިގެންނެވެ. މިހާރު ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކާޑުން ކުރެވެނީ 250 ޑޮލަރުގެ މުޢާމަލާތް ކަމަށާއި، ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ދިވެހިރުފިޔާ ކާޑުން މިހާރު ކުރެވޭނީ 750 ޑޮލަރުގެ މުއާމަލާތް ކަމަށް ބީއެމްއެލް އިން ވަނީ ހަމަ ޖައްސާފައެވެ.

އެ ނިއްމުމަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން ވިދާޅުވީ، ބީއެމްއެލަށް އެ ބޭންކުގެ ކާޑުތަކުން ކުރާ މުއާމަލާތް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މަޖުބޫރުވީ އިޤުތިޞާދު ރަނގަޅަށް މެނޭޖުނުކުރެވުމުގެ ސަބަބުން ކަމަށެވެ.



ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ކޮވިޑް-19އާ ގުޅިގެން ޚަރަދުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ޣައްސާން ވިދާޅުވީ އެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ކޮވިޑާއި ގުޅިގެން ޢާންމު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސަރުކާރުން ބޭކާރު ޚަރަދުތައް ކުރުމާއި، އިހުމާލުވުމުގެ ސަބަބުން ޢާންމުން ތިބީ ވަރަށް ބޮޑު ދަތިކަމެއްގައި ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ އެކަންކަމަށް އެެއްވެސް ޢުޒުރެއް ދެއްކެން އޮތް ކަމެއް ނޫން ކަމަށް ޣައްސާން ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން