ކޮވިޑާއި ގުޅިގެން ރަށަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކާޑުގެ ބާވަތްތަށް ބޯޓަކަށް އަރުވާފަ
ކޮވިޑާއި ގުޅިގެން ރަށަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކާޑުގެ ބާވަތްތަށް ބޯޓަކަށް އަރުވާފަ
ކޯވިޑް-19ގައި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައިކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރުމުން އެކަމާ މެދު ހިތާމަ ކުރާ ކަމަށާއި، އެކަން ސަމާލު ކަމަށް އައިސް އެފައިސާ އަނބުރާ ހޯދާފައިވާ ކަމަށްނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނެފިއެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށް ދިންއިރު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާފައިވާ ކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެ އަގުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ތަކެތި ގަނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 4.80 ރުފިޔާ އަށް ވިއްކުމަށް ކަނޑައަޅާފައިވާ ހަނޑޫ ކިލޯއެއް އެންޑީއެމްއޭ އިން 8 ރުފިޔާ އަށް ވަނީ ގަނެފައެވެ. އަދި 16 ރުފިޔާ އަށް ހަކުރު ކިލޯއެއް ގަނެފައިވެއެވެ. ސަރުކާރުން ހަކުރު ކިލޯއެއް ވިއްކުމަށް ކަނޑައަޅާފައިވަނީ 4.82 ލާރި އަށެވެ. ފުށް ކިލޯއެއް 3.80 ލާރިއަށް ވިއްކުމަށް ކަނޑައަޅާފައިވާއިރު އެންޑީއެމްއޭގެ އޮޑިޓުގައި ފުށް ކިލޯއެއް އެ އިދާރާއިން 8.48 ލާރިއަށް ގަނެފައި ހުރިކަން ވަނީ ހާމަވެފައެވެ.

މި އޮޑިޓް ރިޕޯޓުގައި ބާޒާރުގައި ހުރި އަގުތައް ހާމަކުރުމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެކަމާއި މެދު ހިތާމަކުރާކަން ހާމަކޮށްފައެެވެ. އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އޮޑިޓު ރިޕޯޓުގައި އެކަން ފާހަގަ ކުރުމުގެ މާކުރިން އެ އޮތޯރިޓީގެ ސަމާލު ކަމަށް އެކަން އައިސްފައިވާ ކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައުމާއެކު އެކަމުގައި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އާންމު ހާލަތުގައި އަގުތައް ހުރިގޮތް ކަމަށް ބުނެ ކާބޯތަކެތި ގަތް އަގު އޮޑިޓް ރިޕޯޓްގައި ޖަހާފައި ހުރުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޭގައި އުޅެނީ 23،000 ރުފިޔާގެ ތަފާތެއް ނޫން ކަމަށާއި، އަސްލު ފަރަގު 28،000 ރުފިޔާއަށް އަރާކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޮޑިޓުގެ މާކުރިން އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އޮޑިޓުގައި އެ މައުލޫމާތު ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޮޑިޓް ރިޕޯޓްގައި ބުނާގޮތުން ވަޅޯމަސް ކިލޯއެއް ބާޒާރުގައި 140 ރުފިޔާގައި ހުރިއިރު އެންޑީއެމްއޭ އިން ވަޅޯމަސް ކިލޯއެއް 200 ރުފިޔާއަށް ގަނެފައިވެއެވެ. 720 ރުފިޔާ އަށް މަސްދަޅު ކޭހެއް ލިބެން ހުންނައިރު 1،040 ރުފިޔާ އަށް މަސްދަޅު ކޭހެއް ގަނެފައި ހުރިއިރު 2.5 ކިލޯގެ މިލްކު ޕައުޑަރު ބާޒާރުގައި 1،560 އަށް ހުރިއިރު އެންޑީއެމްއޭ އިން މިލްކު ޕައުޑަރު 2،371 ރުފިޔާ އަށް ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން