ކޮވިޑް-19: އަދާހަމަ
ކޮވިޑް-19: އަދާހަމަ
ރާއްޖެއިން އަލަށް 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި 99 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި 65 ދިވެހިން ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ 34 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެޗްޕީއޭ އިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 92 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތް މީހުނަކީ އަތޮޅުތަކުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 9،328 އަރާފަ އެވެ. މިއަދު 174 މީހުން ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 7،903 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 1،485 މީހުން އެބަތިއްބެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 115 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 20 ރަށެއްގައި 70 މީހަކަށް ބަލިޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން