ޑރ. އިބްރާހިމް އަފްޒަލް
ޑރ. އިބްރާހިމް އަފްޒަލް
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި އުއްމީދަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ނުކޮށް ބަޔަކަށް ވިސްނޭތަން ފެނުން ކަމަށް ޑރ.އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ހަލުވި ކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާއިރު ވެސް މަގުމަތީގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާތަން މިހާރު ފެންނަމުންދާ ކަމަށެވެ.މަގުމައްޗަށް ބަލާލުމުން ބޮޑު ބަލިމަޑުކަމެއް މުޖުތަމައުގައި ފެތުރިގެން އުޅޭ މަންޒަރު ނުފެންނަ ކަމަށް އަފްޒަލް ވިދާޅުވިއެވެ.  

" ކޮންމެ ދުވަހަކު ވެސް ފެންނަ ކޭސްތަކާއި ގުޅިގެން އެޗްއީއޯސީގެ ހާލަތު ޑިސްކަސް ކުރެވޭނެ، އެގޮތުން ދުވަހުން ދުވަހަށް އަންނަ ބަދަލުތަކާއި މެދު މަޝްވަރާ ކުރެވި ފިޔަވަޅުތައް ހަރުދަނާ ކުރަން ފެންނަ ހާލަތެއްގައި އެކަން ވެސް ކުރެވިގެންދާނެ، މިހާރު އުއްމީދަކީ އެޅިފައިވާ ފިޔަވަޅުތައް ހަރުކަށި ނުކޮށް އާންމުންނަށް އެކަން ވިސްނުން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް ކުރިއަށް ވުރެ ތަންކޮޅެއް މަދުވި ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އަދިވެސް ކޭސްތައް މަދުވާ މަންޒަރު ނުފެންނަ ކަން އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ފިޔަވަޅުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވި އެވެ. 

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު އަށެއްގެ ފަހުން ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ރޭގަނޑު 10ގެ ފަހުން އަންނަނީ ކާފިޔު ހިންގަމުންނެވެ. މާލޭ ސަރަހައްދުގައި ބޭރުގައި އުޅޭއިރު މާސްކު އެޅުން ފަދަ ފިޔަވަޅުތަކާއެކު ކޮންމެވެސް ވަރަކަށް ބަލިޖެހޭ މީހުންގެ އަދަދު މިހަފުތާގައި ދަށައް ދިޔަ ނަމަވެސް މިއަދު އެކަނި ވެސް ވަނީ 100 އާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން