ރައީސް ސޯލިހް ރައީސް ނަޝީދު އާއި ސަލާމްކުރައްވަނީ
ރައީސް ސޯލިހް ރައީސް ނަޝީދު އާއި ސަލާމްކުރައްވަނީ
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ "ޓީމެޓިކް އެމްބެސެޑަރު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންނެވި ތީމެޓިކް އެމްބެސެޑާގެ މަގާމުގެ ސަބަބުން ރާއްޖެއާއި ރާއްޖެފަދަ "ކްލައިމެޓް ޗޭންޖް" ގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. އަދި މޫސުމީ ގެއްލުންތަކުގެ މައްސަލަ ހައްލުކުުރުމަށް ކުރާ މަސައްކަތުގައި އަމާޒަށް ވާސިލްވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ޓީމެޓިކް އެމްބެސެޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސުމުން އެކަމަށް ރައީސް އިބްރާހީމް މަރުހަބާ ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީވީއެފްގެ ޓީމެޓިކް އެމްބެސަޑަރ ފޯ އެމްބިޝަންގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ބަންގްލަދޭޝްގެ ސީވީއެފްގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއީ އަބްދުލް ކަލާމް އާޒާދު އާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވާރަމެންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި ސީވީއެފް ޕްރެޒިޑެންސީ އާއި އެ އިދާރާގެ ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ސީވީއެފްގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއީ އަބްދުލް ކަލާމް އާޒާދު ވަނީ 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށްގެންދެވުމުގައި ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވެފައިވާ 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން