މާލެ ސަރަޙައްދުގައި ހިންގާ ހޮޓާތަކާއި ގެސްޓް ހައުސް އަދި ޓޫރިސްޓު ފެސިލިޓީތައް އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވާލެވޭ ވަރުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ މާލެ އާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަޙައްދުގެ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓު ފެސިލިޓީތައް ހުޅުވުމަށް ބޭނުންވަނީ ރާއްޖެއިން ކޮވިޑް-19 އަށް އަލަށް ފައްސިވާ ނިސްބަތް ފަސް އިންސައްތައަށްވުރެ އިތުރުނުވެ ވިދިވިދިގެން ދެހަފްތާ ކަމަށެވެ.
"މާލެ، ހުޅުމާލެ، ވިލިމާލެ (ގްރޭޓާމާލެ) އޭރިއާ ގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓު ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުންމީދުކުރަން. ބޭނުންވަނީ ފައްސި % ފަހަކަށް ނާރުވައި ވިދިވިދިގެން ދެހަފްތާ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ޚާއްސަކޮށް މާލެ ސަރަޙައްދުގައި މުޖުތަމަޢުގެ ތެރެއިން ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ، ހާލަތަށް ބަލައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާތައް ހިންގުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ގެސްޓްހައުސްތަކާއި ހޮޓާތައް ހިންގުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުއްދަ ދޫކުރުމަށްވެސް މީގެ ކުރިން ސަރުކާރުން ނިންމާފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ނުދާތީ ސަރުކާރުން ފަހުން ވަނީ ހުއްދަ ދިނުން ފަސް ކުރުމަށް ނިއްމާފައެވެ. ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާލައި ރިސޯޓުތަކަށް ފަތުރުވެރިން ގެންނަން ފަށާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އެގޮތުން އިއްޔެވެސް ބައްޔަށް ފައްސިވި އިތުރު 99 މީހުންނާއެކު ރާއްޖެއިން ޖުމްލަ 9527 މީހަކަށް މި ބަލި މިހާރު ޖެހިފައި ވެއެވެ. އޭގެތެރެއިން މިވަގުތު ފަރުވާދެމުން ދަނީ 1485 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ.

Male', HulhuMale', ViliMale' #GreaterMale' area ge hotel, guesthouse adhi tourist facility thah #November mahu kureekolhu hulhuveyvaru vaane kamah unmeedhu kuran. Beynun vanee #fassi % #fahakah naaruvaa vidhividhigen 2 hafuthaa. #TogetherWeCan
— Abdulla Mausoom (@Mausoom_Maus) September 16, 2020
"މާލެ، ހުޅުމާލެ، ވިލިމާލެ (ގްރޭޓާމާލެ) އޭރިއާ ގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓު ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުންމީދުކުރަން. ބޭނުންވަނީ ފައްސި % ފަހަކަށް ނާރުވައި ވިދިވިދިގެން ދެހަފްތާ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ޚާއްސަކޮށް މާލެ ސަރަޙައްދުގައި މުޖުތަމަޢުގެ ތެރެއިން ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ، ހާލަތަށް ބަލައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާތައް ހިންގުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ގެސްޓްހައުސްތަކާއި ހޮޓާތައް ހިންގުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުއްދަ ދޫކުރުމަށްވެސް މީގެ ކުރިން ސަރުކާރުން ނިންމާފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ނުދާތީ ސަރުކާރުން ފަހުން ވަނީ ހުއްދަ ދިނުން ފަސް ކުރުމަށް ނިއްމާފައެވެ. ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާލައި ރިސޯޓުތަކަށް ފަތުރުވެރިން ގެންނަން ފަށާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އެގޮތުން އިއްޔެވެސް ބައްޔަށް ފައްސިވި އިތުރު 99 މީހުންނާއެކު ރާއްޖެއިން ޖުމްލަ 9527 މީހަކަށް މި ބަލި މިހާރު ޖެހިފައި ވެއެވެ. އޭގެތެރެއިން މިވަގުތު ފަރުވާދެމުން ދަނީ 1485 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު