އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން
އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު އަދި ކުރެޑިޓު ކާޑުން ޑޮލަރުގެ މުއާމަލާތް ކުރާ މިންވަރު ހިފެހެއްޓުން ތަންފީޒުކުރާ ސިޔާސަތު ހުއްޓާލުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ބާރު އަޅައިގެން ނިންމާފައިވާ އެ ނިންމުމަކީ އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ނިކަމެތިކަން ލިބޭނެ އަނިޔާވެރި ސިޔާސަތެއް ކަމަށެވެ. އަދި އެބާވަތުގެ ސިޔާސަތު ތަންފީޒުކުރުން ހުއްޓައިލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ އިޤުތިޞާދު ހީނަރުވަމުންދަނީ ސަރުކާރު ނާޤާބިލުކަމާއި ފަސާދައިގެ ސަބަބުން ކަމަށްއިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވަނީ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ޤާބިލުކަމެއް ނެތުމުން ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ތައުލީމީ ގޮތުން ޤާބިލުކަމެއް ނެތް، އަދި މަސައްކަތަށް އެކަށީގެންނުވާ އެމްޑީޕީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރަ ދީގެން ދައުލަތުގެ ފައިސާއިން ބޭކާރު ޚަރަދު ކުރާ ކަމަށާއި، މިފަދަ ގޮތްތަކުން ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ވޭނުގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުން ބާލާ ވަގުތު ކައިރިވުން ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައިވެއެެވެ.

އަދި މިނިވަން ޝަރުޢީ ދާއިރާއެއް ޤާއިމުވާ ދުވަހަކުން ރައްޔިތުންނަށް އަނިޔާވެރިވާ އެންމެންނާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އެ ދުވަހަކުން އެ މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ކުރިމަތިވާނެ ކަމުގައިވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން