ކުރީގެ ރައީސް މުހަންމަދު ނަޝީދާއި މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ރައީސް މުހަންމަދު ނަޝީދާއި މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއްގައި ބައިވެރިވެވަޑައިގަންނަވަނީ
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަގު ވައްޓާލަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފެތުރެމުންދާ ވާހަކަތައް ރައީސް ނަޝީދު ދޮގުކުރައްވައިފިއެެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ރާއްޖެއެމްވީ"ގައި ޖެހި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އަގު ވައްޓާލަން ފައްޔާޒު މިލިއަނުން ހަރަދުކުރަމުންދާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު އެ ހަބަރު ވަނީ ސައިޓުން ނަގާފައެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ތިއްބަވާ ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން ފައްޔާޒު ނޫޅުއްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން އުޅުއްވަނީ އަކްރަމް ކަމާލުއްދީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަކްރަމް ކަމާލުއްދީނަކީ ކުރިން ރާއްޖެޓީވީގެ ހިއްސާދާރެކެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެންމަތިކުރި ހިސާބުން ފެށިގެން އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވިފައިވެއެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު ކުރައްވާ މަސައްކަތެކެވެ. ރައީސް ސޯލިހް ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާގެ މަގާމު ދިފާއު ކޮށްދެއްވާނެ ކަމަށެވެ.ފައްޔާޒު އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ސޯލިހު އެފަދަ އިޝާރާތެއް ނުކުރައްވާތީ ފައްޔާޒު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާ ކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން