ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު މުގައްރިރު ކަމުން ޝުއައިބު އަލީ ސަސްޕެންޑްކޮށްފިއެވެ.
އެމްޑީޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު ޢަލީ (ފުރަހަނި) އެކޮމެޓީން އެއްފަރާތް ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ޝަޢައިބުގެ މައްސަލައަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާޓޫން ކުރަހައިގެން ޓްވިޓާގައި އާންމުކުރުމެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު ކަމުންނާއި މެންބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުއްވި ސިޓީއާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުމުން ހަސަން ލަތީފް މަގާމުން ދުރު ކޮށްދިނުމަށް ޝުއައިބުގެ ސިޓީ އެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަނީ ފޮނުއްވާފައެވެ.
ޝުއައިބު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މި ސިޓީގައި ޝުއައިބު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އިރެއްގައި ކިތަންމެ އިހުލާސްތެރި މީހެއް ކަމުގައިވިޔަސް އިންސާނުންނަކީ ހާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާ ބައެއްކަން އިނގޭ ހިދު އެފަދަ ޣައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީ އަށް ކުރިމަގު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ޝުއައިބުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

Raajjeyga mihaathah vikunu emme agu bodu kurehumakee:
— Shuaib Ali 🇲🇻 (@ShuaibMaldives) September 17, 2020
MVR 30,000,000/- ah vukunu siyaasee 2 verin (2Radhun) ge 3 cartoon kurehumeh.
Mi 3 cartoon in dhakkaidhenee Ibu(RJ) aai Anni (Boduvazeeru) ge baaruthuge haqqeegee koalhun thah.
E kan hingaa goiy @ibusolih @MDPSecretariat pic.twitter.com/HD9y54Ld7i
ޝުއައިބު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މި ސިޓީގައި ޝުއައިބު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އިރެއްގައި ކިތަންމެ އިހުލާސްތެރި މީހެއް ކަމުގައިވިޔަސް އިންސާނުންނަކީ ހާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާ ބައެއްކަން އިނގޭ ހިދު އެފަދަ ޣައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީ އަށް ކުރިމަގު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ޝުއައިބުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު