އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަށް އައްޔަން ކުރި ކަމުގެ ލިއުން ހަވާލުކުރަނީ
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަށް އައްޔަން ކުރި ކަމުގެ ލިއުން ހަވާލުކުރަނީ
ވައްކަމާއި ދެކޮޅަށް އެމްޑީޕީން ވެފައިވާ ވައުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެގެންދަނަވީ ރަނުން ރަނަށް ފުއްދަވަމުން ކަމުގައި މެމްބަރުކަމުގެ ގޮޑިއާއިމެދު ސުވާލު އުފެދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ނުފުނެރެނީސް ބޮޑެތި ވައްކަންތަކެއް ފަޅާއަރައި އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުން ސަރުކާރަށް ވައްކަމުގެ ބަދުނާމު އޮހެމުންދާ މިދަނޑިވަޅުގައި ޔައުގޫބް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް ވައްކަމާއި ދެކޮޅަށް ވެފައިވާ ވައުދު ރައީސް ޞާލިހު ގެންދަވަނީ ރަނުން ރަނަށް ފުއްދަވަމުންކަމަށެވެ. ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށާއި ބައިވެރިންނަށް ސަރުކާރުން ފިޔަވަޅު އަޅުއްވަމުންދާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް އެމްޑީޕީން ވެފައިވާ އެންމެބޮޑު ވައުދަކީވެސް ވައްކަމާއި ދެކޮޅަށް ވެފައިވާ ވައުދު ކަމަށެވެ. ވައްކަން ކުރަން ފުރުސަތު ނުދިނުމާއި ވައްކަން ފަޅާ އަރުވާލުމާއި، ވައްކަން ކުރާ ފަރާތްތަކާއިމެެދު ފިޔަވަޅު އަޅާނެކަމުގެ ވައުދުކަމަށެވެ.

"އެމްޑީޕީ އިން ވައުދުވީ ވައްކަމާއި ދެކޮޅަށް މަސައްކަތްކުރަން. ވައްކަމަށް ފުރުސަތު ނުދޭން. ވައްކަން ފަޅާ އަރުވަން. ވައްކަންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެގެންދަނަވީ އެވައުދު ރަނުން ރަނަށް ފުއްދަވަމުން. އޮޑިޓަ ޖެނެރަލް ރިޕޯޓް ތަކާއިއެކު އެބޭފުޅާ މަޤާމުން ވަކި ނުކުރައްވާ." ޔައުޤޫބް ވިދާޅުވިއެވެ.

ޔައުޤޫބް މިހެން ވިދާޅުވެފައިވާއިރު، ގިނަބަޔަކު ބުނަމުންދަނީ އަދި ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިސަރުކަރުން މިހާތަނަށް ކޮށްފައިވާ އެއްވެސް ވައްކަމެއް ބަލައި ފިޔަވަޅު އަޅާފައި ނުވާކަމަށެވެ. އަދި މިސަރުކާރުން އެފަދަ ފިޔަވަޅެއް ނުވެސް އަޅާނެކަމަށެވެ. ސަރުކާރުގެ އަމާޒުހުރީ އިދިކޮޅު ފަރާތްތަކަށާއި، ރައީސް ޔާމީން ދިގު މުއްދަތަކަށް ޖަލުގައި ބޭއްވޭނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މެމްބަރު ޔައުގޫބްގެ ޓްވީޓާއިއެކު އޭނާއަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން "މިހާރު ތިއީ އެއްވެސް ހައިސިއްޔަތެއްނެތް ގޮނޑި ގެއްލިފައިވާ މީހެއްކަމަށް" ވެސް އެކަކު ވަނީ ބުނެފައެވެ. ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަން ގަބޫލު ކުރެއްވުމުންނެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހަޅަން ނިންމެވީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ. އަންނަ ހަފުތާގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ހަލީމްގެ ޓްވީޓްގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ނުރަބޯ

18-Sep-2020

ޔައުގުނބޯ ތިޔަކަހަލަ ވާހަކައެއް ބުނީމާ ޙައިރާން ވާކަށް ނުޖެހޭ. ޔައުގުނބޯލަކީ މިސަރުކާރުން ވައްކަން ކުރާވަރު މަދުވެގެން އަދިވެސް އިތުރު ކުރަން ގޮވި ޚާއިނެއް.


14

ޙުސޭނާ

18-Sep-2020

ޔައުގޫބު ތިއޮއްތޫ ބަހެކި ދަސްވެގޮހޮ!



ޓްރެންޑިން