އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ތަނަކަށްވާއިރު އެތަނުގެ ހިންގުން ލާމަރުކަޒު ވާން ޖެހޭ ކަމަށް ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލާމަރު ކަޒީ އުސޫލުން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.

މިކަމާއި ގުޅިގެން އަލީ ނިޒާރު ވިދާޅުވީ ލާމަރުކަޒީކޮށް ދެކުނުގެ ރައްޔިތުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހިދުމަތް ލިބޭނެ ގޮތެއް ވާންޖެހޭނެ ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ލާމަރުކަޒުކޮގެން ހިދުމަތް އަވަސްގޮތަކަށް ފެއްޓިއްޖެނަމަ އަތޮޅުގެ ރައްޔިތުންނަށް ސިއްޙީ ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ތަނެއް. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިންގުން ލާމަރުކަޒު ވާން ޖެހޭ. އަދި މި ސަރުކާރުން އެކަން ލަސްނުވެ ކުރައްވާނެ ކަމަށް އުންމީދު ކުރަން." އަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮންސަލްޓޭޝަން ޚިދުމަތް ފަށާފައި ވަނީ މިއަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އާ ހޮސްޕިޓަލުން މިހާރު 24 ގަޑި އިރު ޚިދުމަތް ލިބޭނެއެވެ. އެގޮތުން ހެނދުނު 9:00 އިން ހަވީރު 4:00 އަށް ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭއިރު، އޯޕީޑީން ޖެނެރަލް ކޮންސަލްޓޭޝަންގެ ޚިދުމަތް 24 ގަޑިއިރު ދެމުންދާނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ރައީސް އޮފީހުން ހެލްތު މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ވުޖޫދު

18-Sep-2020

ލާމަރުކަޒީކޮށްފަ މިހާރު ހިންގަން ހުރި ކޮސް މީހާ ދުރުކޮށްފަ ހަރުދަނާ މީހަކު އެތަން ހިންގަން ބަހައްޓަންވީ. ސްޕެޝަލިސްޓް ޑޮކްޓަރުންވެސް ބަލަނީ މެންދުރު 12ޖެހުމާ ހަމަޔަށް.....


2

ފަތުހީ

18-Sep-2020

އަދިވެސް ނުވަނީތަ، އެބަކި މިސަރުކާރުން ހުރިހާކަމެއް ލާމަރުކަޒުކޮށްފިއޭވެސް! ނޫންތަ، އަނެއްކާ މިއީ ލާމަރުކަޒީ ސަރުކާރު؟



ޓްރެންޑިން