ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސޫޒަން އާއި ސަލާން ކުރައްވަނީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސޫޒަން އާއި ސަލާން ކުރައްވަނީ
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑް ކޮށްފި އެވެ.

ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސޫޒަންއާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅިފައިވާ ޝަކުވާ އެއް ބެލުމަށާއި، އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވިފައިވާ ކަންތައްތައް ބަލައި ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ސޫޒަން ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށް މުސާރަ ހިނގާ ގޮތަށް ކަމަށް ސީއެސްސީ އިން ބުނެ އެވެ.

ސޫޒަން ސަސްޕެންޑް ކޮށްފައިވަނީ، އޭނާއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އެ ސިޓީގައި ސޫޒަންގެ ގާބިލުކަމާއި މެދު ވަނީ ސުވާލު އުފައްދައި ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރަމުންދާއިރު، ދާއިރާއާއި ގުޅޭ މައުލޫމާތު ނެތުމާއި، މިނިސްޓްރީގެ މަސައްކަތްތަކާއި ސީއެސްސީގެ ގަވާއިދުތަކާއި އުސޫލުތަކަށް ވެސް ސޫޒަން އަހުލުވެރިވެފައިނުވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. ޕީއެސްގެ މަގާމަށް ސޫޒަން އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން