ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީއަކާ ޙަވާލުކޮށްގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) 9 މަސް ދުވަހު ބަލަން ތިބި ތިބުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޖޭއެސްސީއިން ހިލާފްވުން ކަމަށާއި އެއީ ޖޭއެސްސީން ވެފައިވާ ބޮޑު އިހުމާލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމަށް އިޝާރާތް ކުރައްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 9 މަސް ދުވަސް ވަންދެން ކްރިމިނަލް ކޯޓަށް އިސް ޤާޒީއަކު އައްޔަނުކުރެވި އޮތުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނުކުޅެދުންތެރިކަން ހާމަވާކަމެއްކަމަށެވެ.



ހައިލަމް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ޙަވާލުކޮށްގެން ޖޭއެސްސީން 9 މަސް ދުވަހު ތިބި ތިބުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ވ)އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ކޮމިޝަނާ މަތިކުރުވާފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ވެފައިވާ އިހުމާލެކެވެ.

"9 މަސް ދުވަސްވީއިރު ކްރިމިނަލް ކޯޓަށްް އިސް ޤާޟީއެއް ޢައްޔަންކުރެވޭވަރެއް ނުވި. ދެންވެސް މި ވިދާޅުވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށް ކަމުގެ ޔަޤީންކަން އަރުވާކަމަށް." ހައިލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު ހިންގުން 9 މަސް ދުވަސްފަހުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުގައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ކްރިމިނަލް ކޯޓު ހިންގުން އާދަމް މުހައްމަދާ ހަވާލުކުރީ، އެ ޒިންމާ ކުރިން އަދާކުރެއްވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ހައިލަމް މިދިޔަ އަހަރުގެ ނޮޮވެމްބަރު މަހު ސަސްޕެންޑްކުރި ފަހުން އެ ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ އަލީ ރަޝީދެވެ. ހައިލަމް ވަކިކުރަން ޖޭއެސްސީން ރައްޔިތުން މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވީ އެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޙަނީފު

18-Sep-2020

ހައިލަމް އެއުޅެނީ ރޭރުވެގެން.



ޓްރެންޑިން