ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައި އިންޑިޔާ އިން ރާއްޖެއަން ދިން 250 މިލިއަން ޑޮލަރު ލޯން އެޕްރޫވްކޮށްފައިވާތީ ޝުކުރު އަދާކުރައްވައިފިއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް މިއަދު ކުރެއްވި މި ޓުވީޓެއްގައި މޯދީ އަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ އާއި ހެއު އެދުންތައް ފޮނުއްވާފައެވެ. މަޚުލޫފް މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި އިންޑިޔާ އިން ރާއްޖެއަށް ދިން 250 މިލިއަން ޑޮލަރު ލޯނު އެހީގެ ވާހަކަ ފާހަގަކުރައްވައި އެކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭ 250 މިލިއަން އެމެރިކާ ޑޮލަރު އެޕްރޫވް ކޮށްފައިވާ ކަމަށް މަޚުލޫފް ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދޭން ނިންމާފައިވާކަން ވެސް މަހުލޫފު ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިޔާ އިން ރާއްޖެ އަށް ދިން 250 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން ފައިސާ އެވެ. ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާއިރު އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ.
މީގެއިތުރުން މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަޝްރޫއަށް އިންޑިޔާއިން ވަނީ ރާއްޖެ އަށް 500 މިލިއަން ޑޮލަރުގެ އެހީ އެއް ދީފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ ފައިސާ އަކީ ލޯނެކެވެ. މިއެހީގެ އިތުރަށް ވެސް އިންޑިއާއިން ރާއްޖެއަށް ދޭ ކްރެޑިޓްލައިނެއްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި އިންޑިޔާ އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު