ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި ފުލުހުން ހަރަކާތްތެރިވަނީ
ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި ފުލުހުން ހަރަކާތްތެރިވަނީ
ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އެލަވަންސް ފުލުހުންނާއި ސިފައިންނަށް ދޭން ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދޭ އެލަވެންސް މިހާތަނަށް ދޭން ނުފަށައިވާ ބަޔަކީ ފުލުހުންނާއި ސިފައިންނެވެ. އެ ދެމުވައްސަސާއަށް އެލަވެންސް ޖަމާކޮށްފައި ނުވަނީ އާ އުސޫލެއްގެ ދަށުން އެ އެލަވަންސް ދިނުމަށް ނިންމާފައި ވާތީ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންނަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު 80 ވަރަަކަށް މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ފުލުހުންނާއި ސިފައިންނަށް އެލަވެންސް ޖަމާކުރަމުންދާކަމަށެވެ. މިހާރު ސަރުކާރުން ދޫކުރަމުން ދަނީ ރާއްޖެއިން ކޮވިޑް-19 ފެނުނު ދުވަސްކަމުގައިވާ މާރިޗް ހަތް ވަނަ ދުވަހުން ފެށިގެން ޖުލައި 15 ވަނަ ދުވަހާއި ހަމައަަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ދޫކުރަން ޖެހޭ އެލަވެންސް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމިތާ ހައެއްކަ މަސް ފަހުން ފުލުހުންނާއި ސިފައިންނަށް އެލަވެންސް ޖަމާ ކުރަން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ހަރުދަނާ އުސޫލެއްގެ ދަށުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަަށް އެލަވެންސް ޖަމާ ކުރަމުންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޯވިޑް-19އާ ގުޅިގެން ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފްއާއި ޕޮލިހުގެ މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ ދީފިއިވާ ކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ބުނެފައެވެ.

ފިނޭސްންސް މިނިސްޓްރީން ބުނީ ފްރަންޓްލައިން އެލަވަންސް އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް ޖަމާކޮށްދީފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެމްއެންޑީއެފްގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަދި ފުލުހުންގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތްކުރި 3184 މުވައްޒަފަކަށް 20.5 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއާއެކު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެކި ފަރާތްތަކަށް 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެލަވެންސް ލިބުނު ސިއްހީ އެހީތެރިންނާއި އެހެނިހެން މުއައްސަސާތަކުގެ މީހުންނަށް ވެސް އެލަވަންސް ދިނުމުގައި އިންސާފުވެރިކަމެއް، ހަމަހަމަކަމެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ޝަކުވާކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން