ކޮވިޑް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވީ 67 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 23 ބިދޭސީއެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވްވެފައިވަނީ 62 މީހުންނެވެ. އަނެއް ފަސް މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 67 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9494 އަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1422 ގަ އެވެ. މިއަދު 130 މީހަކު ކޮވިޑުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8033 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން 104  މީހަކު ހޮސްޕިޓަލުތަކުގައި އެޑިމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 33 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން