ގއ.މާމެންދޫގައި އަޅާލާނެ މީހަކު ނެތިގެން އުމުރުން ދުވަސްވީ މީހަކު މަގުމަތިވެފައި: ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަ ރިޕޯޓްކުރާ މިންވަރު ދަނީ އިތުރުވަމުން
ގއ.މާމެންދޫގައި އަޅާލާނެ މީހަކު ނެތިގެން އުމުރުން ދުވަސްވީ މީހަކު މަގުމަތިވެފައި: ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަ ރިޕޯޓްކުރާ މިންވަރު ދަނީ އިތުރުވަމުން
ފިރިހެނުންނަށް ކުރާ އެކިހަލަ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާމިނަތު ރިޝްމީ ވިދާޅުވީ، ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ބައެއް ފަހަރު ފަސްޖެހޭ ކަމަށާއި، އެހެން ނަމަވެސް ފަހަކަށް އައިސް ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް އެ މިނިސްޓްރީ އަށް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމަށް ފަސްޖެހެނީ މުޖުތަމައުގެ ތެރެއިން އެ ފަރާތްތަކާއި މެދު ދެކޭގޮތުގެ ސަބަބުން ކަމަށް ރިޝްމީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ މުޖުތަމައުން ބަދަލު ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިރިހެނުން އަނިޔާގެ މައްސަލަ ރިޕޯޓްކުރުމުން އޭނާގެ ފިރިހެންވަންތަ ކަމަށް މަލާމަތްކުރާތީ އެ ޚިދުމަތް ލިބުމަށް ހުރަހަކަށް އެބަވޭ. އެމީހާ ރިޕޯޓްކުރަން ދިޔައީމަ ދެން ވާނީ ކިހިނެއްތޯ، މިސާލަކަށް މީޑިޔާތަކުން މިބުނަނީ ފިރިހެނަކަށް އަނިޔާކޮށްގެން ސުރުޚީތަކަށް އަރަނީ، ދެން އެމީހާ އަށް ވާނީ ކިހިނެއްތޯ؟ މިކަހަލަ ބައިވަރު ކަންތައްތަކެއް އެބައާދޭ މައްސަލަ ރިޕޯޓް ކުރުމާއި މިނިސްޓްރީގެޚިދުމަތް ހޯދުމަށް ފަސް ޖެހުމަށް." ރިޝްމީ ވިދާޅުވިއެވެ.

އަނިޔާގެ މައްސަލަތަކުގައި ނަފުސާނީ ގޮތުން ލިބޭ ގެއްލުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަވާނެ ކަމަށް ރިޝްމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖެންޑަރ މިނިސްޓްރީ އަށް އެންމެ ގިނައިން ހުށައެޅިފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާގެ މައްސަލަ ކަމަށެވެ.

"އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ނަފްސާނީ ގޮތުން އެ ކުރާ އަސަރު ވާނީ ހަމަ އެއްވަރެއް، ކުރާ މިންވަރު ތަފާތުވިއަސް އޭގެ މާނައަކީ ފިރިހެނަކަށްވީތީ އަސަރެއް ނުކުރާނެޔެކޭ ނޫން. އަންހެނަކަށްވީތީ އޭ އަސަރުކުރާނީ." ރިޝްމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން